މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނީގެ މައިގަނޑު އަމާޒަކީ ޙައްޖާއި ޢުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ލުއި ފަސޭހަކަމާއި އެކު މި މަތިވެރިއަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލައިރާވަިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.


އަޅުގަނޑުމެންގެ ވިޝަން


ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއިއެކު ޙައްޖަށް އަދި ޢުމްރާއަށް ދެވޭނެ މަގު ފަހިކޮށްދިނުން.
ދިވެހި ރައްޔިތުންނަށް ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުން.

އަޅުގަނޑުމެންގެ މިޝަން


ކުންފުނީގެ މިޝަންއަކީ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.

އަޅުގަނޑުމެންގެ މަޤްޞަދު

  • ދުރާލާ ރާވައިގެން، ފަހަށް ފައިސާ ރައްކާކޮށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ރޫހް ދިވެހީންގެ މެދުގައި އަށަގެންނެވުން.
  • ދުރާލާ ރާވައިގެން ފަހަށް ފައިސާ ރައްކާކޮށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ތަނަވަސްކޮށް ދިނުން.
  • ހައްޖަށްދިއުމުގެ ގަސްތުގައި ކުންފުނީގެ ހަވާލުގައި ރައްކާކުރެވޭ ފައިސާ ޝަރީއާ ހުއްދަކުރާ ގޮތުގައި އިންވެސްޓްކޮށް، ލިބޭ ފައިދާއިން ޙައްޖުގެ އަގުގެ ބައެއް އަދާކޮށް، ކުރުމުއްދަތެއްގައި ޙައްޖުގެ އަގު ހަމަކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޙައްޖާއި ޢުމްރާކުރުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން.
  • ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިރައްޔިތުން ހޭލުންތެރިކުރުން.
  • ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޖިސްމާނީ، ނަފްސާނީ އަދި ފިކުރީގޮތުން ރައްޔިތުން ތައްޔާރުކުރުވުން.
+
އަހަރުގެ ތަޖުރިބާ
+
ރަޖިސްޓަރ ވެފައިވާ މެންބަރުން
ހީވާގި ދިވެހި މުވައްޒަފުން
ޙައްޖު ދަތުރު
ޢުމްރާ ދަތުރު

ކުންފުނީގެ އުސްއަލިތަށް

މެއި 2025


މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހި ރާއްޖެ ހިމެނުން

ޙައްޖަށް ފުރުމުގެ ކުރިން ރާއްޖޭގައި ތިއްބަވައިގެން ޙައްޖުވެރިންގެ ސަޢުދީ އިމިގްރޭޝަން އަދި ކަސްޓަމްސްގެ ކަންކަން ފުރިހަމަކުރަން ފަސޭހަ ފުރުޞަތު ތަކެއް މައްކާ ރޫޓުގެ ސަބަބުންލިބިގެން ދެއެވެ. އެގޮތުން ސަޢޫދީޢަރަބިއްޔާ އަށް އެތެރެވުމަށްފަހު އިމިގްރޭޝަން އަދި ކަސްޓަމްސްގައި މަޑުނުކޮށް އެއަރޕޯރޓުން ބޭރުވެ ސީދާ ހޮޓަލަށް ދިއުމަށް ދަތުރުފަށާ އެ ފަރާތްތައް ހޮޓަލަށް ފޯރަން ވާއިރަށް ޙައްޖުވެރިންގެ ފޮށިތަންމަތި ހޮޓަލަށް ފޯރުކޮށްދެވިގެން ދެއެވެ.

ފެބްރުއަރީ 2025


ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ދިވެހިޤައުމީ އެއަރލައިން “މޯލްޑިވިއަން” އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުން

މި އެއްބަސްވުމުގެ ދަށުން (ކޮންމެ އަހަރަކު) ރާއްޖެއަށް ލިބޭ ޙައްޖުކޯޓާ ގެ %50 އިން ސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަންއިންނެވެ

2024

ރާއްޖޭގައި ޙަލާލް ޓުއަރިޒަމް ފެތުރުމަށް ސަބްސިޑިއަރީ ކުންފުންޏެއް އުފެއްދުން

ދިވެހިރާއްޖޭގައި ޙަލާލް ޓުއަރިޒަމް ފަތުރާ ޢާއްމުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން “މާފުށީ އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑް” ގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދާ އެކުންފުނީގެ ދަށުން ކޮންޓްރެކްޓް ފައިނޭންސް މޮޑެލްގެ ތެރެއިން ބޮޑުސިޓީ ހޮޓަލެއް އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ފެށިފައެވެ. އަދި މިއީ ދިވެހިރާއްޖޭގައި ޙަލާލް ޓުއަރިޒަމްގެ ރަސްމީ މައިގަނޑު މޮޑެލްއެއް ކަމުގައި ވެގެންދާނެ ރަނގަޅު ޕްރޮޖެކްޓަކަށްވާނެ ކަމުގައި ޤަބޫލު ކުރެވެއެވެ.

2024

ޙައްޖު ކޯޕަރޭޝަންގެ އައު އޮފީސް އިމާރާތް އެޅުމަށް އެޗް.ޑީ.ސީ އާއި އެކު އެއްބަސްވުމެއްގައި ސޮއިކުރުން

ެގޮތުން މި އެމްޔޫއޯގެ ދަށުން މިކުންފުންޏަށް ލިބިދެވޭ ބިމުގައި ޒަމާނީ ވަސީލަތްތަކާއި އެކު މި ކުންފުނީގެ އޮފީސް ޢިމާރާތް ޤާއިމު ކުރެވިގެން ދާނެއެވެ. އަދި 7 ބުރީގެ މައްޗަށް އެކުލެވޭ “މިކްސްޑް-ޔޫޒް ކޮމްޕްލެކްސް” ޢިމާރާތް ވެގެންދާނީ އޮފީސް ތަކަށް ޚާއްޞަ ޖާގަތަކާއި ބައްދަލުވުންތައް ބޭއްވޭނެ ފަދަ މާލަންތަކާއި އޮޑިޓޯރިއަމް އަދި އުޅަނދުތައް ޕާރކް ކުރެވޭނެ ފަސޭހަ ވަސީލަތްތައް ހިމެނޭ ޢިމާރާތަކަށެވެ. އަދި މިއީ ރިއަލްއެސްޓޭޓް ވިޔަފާރި އަށް ވަނުމަށް މިކުންފުނި ވަނުމަށްހުޅުވިގެންދާނެ ރަނގަޅު ދޮރެއްކަމުގައި ބެލެވެއެވެ.

2021


ޢުމްރާ ވިސާ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓަރވުން

ޢުމްރާގެ ޚަރަދު ކުޑަކޮށް، ކުންފިނިން ފޯރުކޮށްދޭ ޢުމްރާގެ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމަށް ޢުމްރާ ވިސާ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ، ޢުމްރާ ވިސާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުނެވެ.

2019


‘ކޯޕަރޭޓް މެންބަރޝިޕް ސްކީމް’ އިފްތިތާޙް ކުރުން

ކުންފުނިތަކުގެ މުއައްޒަފުން ހައްޖަށް ފޮނުވުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ”ކޯޕަރޭޓް މެމްބަރޝިޕް ސްކީމް” އިފްތިތާހު ކުރެވުނެވެ.

2019


އުމުރުން ދުވަސްވީ ފަރާތްތަކާއި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކައް އިސްކަންދިނުން

އުމުރުން ދުވަސްވީ ފަރާތްތަކާއި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކައް އިސްކަންދިނުމުގެގޮތުން ޙައްޖު ކޯޓާގެ 10% އަދި 5% ޚާއްސަކުރެވުނެވެ.

2019


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއިއެކު ސޮއިކުރެވުން

މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމުން ފަރުޟު ހައްޖުގެ އަގުގެ ބައެއް އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭ ފަހުމުނާމާ ގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއިއެކު ސޮއިކުރެވުނެވެ.


ސިއްޙީ އިންތިޒާމުތަށް ހަމަޖެއްސުމާއިގުޅޭ ފަހުމުނާމާގައި ސޮއިކުރެވުން

ޙައްޖާއި އުމްރާގެ ދަތުރުތަކުގެ ސިއްޙީ އިންތިޒާމުތަށް ހަމަޖެއްސުމާއިގުޅޭ ފަހުމުނާމާގައި އައި.ޖީ.އެމް ހޮސްޕިޓަލާއިއެކު ސޮއިކުރެވުނެވެ.

2017


ފަހެލި ޕޯޓަލް އިފްތިތާހު ކުރުން

ލުއިފަސޭހަ ކަމާއެކު އޮންލައިންކޮށް ކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފަހެލި ޕޯޓަލް އިފްތިތާހު ކުރެވުނެވެ.

2014


ފުރަތަމަ ޙައްޖު

1435 ވަނަ އަހަރުގެ ޙައްޖު ދަތުރާއި އެކު ކުންފުނީގެ ޙައްޖު ދަތުރުތައް ފެށިގެންދިޔައެވެ.

2014


ފުރަތަމަ ޢުމްރާ

1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢުމްރާ ދަތުރާއި އެކު ކުންފުނީގެ ޢުމްރާ ދަތުރުތައް ފެށިގެންދިޔައެވެ.

2014


ޙައްޖު ކޯޕަރޭޝަންގެ އޮފީސް ޤާއިމްކުރުން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް ގާއިމުކުރެވުނެވެ.

2013


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އުފެއްދުން

ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އުފެދުނެވެ

Scroll to Top