މި 1443 ވަނައަހަރުގެ ޙައްޖަށްދިއުމަށް އާންމުންނަށް ހުޅުވާލެވޭ 100 ކޯޓާއަށް ފޯމުތައް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދަނީ

1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން 100 ކޯޓާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކުންފުންޏަށް އަންގަވާފައިވާ ގޮތުގެ މަތިން އާންމުނަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިއަދުގެ 13:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފޯމުތަށް ބައިގަންނަން ވަނީ ފަށާފައެވެ. މި ހަފްތާގެ ބުރާސްފަތި ދުވަހާއިހަމައަށް ކޮންމެ ދުވަހަކު 13:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުން ފޯމުތަށް ބަލައި ގަތުމަށް ވަނީ ހަމަޖެހިފައވެ. އަދި ބުރާސްފަތިދުވަހުގެ 18:00 އާއި ހަމައަށް މިކުންފުނީގެ އީމެއިލް admin@mhcl.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެވެ.

މިކޯޓާގައި ޙައްޖަށްދާނެ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެމެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުންނެވެ. މިގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުންނެގޭނެއެވެ. އަދި ވެއިޓިންގ ކިއޫ އެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނެގޭނެއެވެ. މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ އެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު 26 މޭ 2022 ގައި ގެޒެޓުކުރެވިފައި ވާނެއެވެ.

އިއުލާންގެ ލިންކް:

https://www.gazette.gov.mv/iulaan