ނޮވެންބަރު ޢުމްރާއަށް ރެޖިސްޓަރވުމަށް ހުޅުވާލުން

ފެންވަރު ރަނގަޅު ގިނަ ޙިދުމަތްތަކާއެކު ނޮވެންބަރު ޢުމްރާގައި ރެޖިސްޓްރީވުމަށް އާންމުކޮށް ހުޅުވާލައިފި

3 ޢުމްރާ ކުރުމުގެ ފުރުޞަތު ލިބިގެންދާ މި ޢުމްރާގައިވެސް މިކޯޕަރޭޝަންގެ ޢުމްރާ ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތްތަކެއް އާބަދަލުކާއި އިތުރު ފުރިހަމަކަމާއެކު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ޢުމްރާ ޕެކޭޖްގެ ތެރެއިން ކުރާ މައްކާ އަދި މަދީނާ ޒިޔާރަތް ދަތުރުގެ ބޭރުން ޠާއިފްގެ ހިތްގައިމު މަންޒިލްތައް ބަލާލުމަށްކުރާ ޠާއިފް ދަތުރު، މި ދަތުރުގައި ހިތްގައިމު ފިނިފެންމަލުގެ ބަގީޗާއާއި އެތަނުގައިވާ އަތަރު ފެކްޓްރީއަށް ޒިޔާރަތްކޮށް ފިނިފެންމަލުން އަތަރު ހަދާގޮތް ބަލާލުމާއެކު އެތަނުގެ އުފެއްދުންތައް ގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ޠާއިފްގެ މި ދަތުރުގައި ދޫނި ޕާކަށްގޮސް ދޫނިތަކަށް ކާންދީ ދޫނިތަކާއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ހަމަ އެހެންމެ މައްކާ ޒިޔާރަތް ދަތުރުގެ ބޭރުން ހިރާ ފަރުބަދައަށްގޮށް އެތަނުގައިވާ ހިތްގައިމު މައުޒަރު ބަލާލުމާއި ހިރާގެ ހާދިސާއާ ގުޅޭ މަޢުލޫމާތު ލިބުމުގެ އިތުރުން ފަރުބަދައަށް އަރަން ބޭނުންވާ ފަރާތްތަކަސް އެފުރުޞަތުވެސް ލިބިގެންދާނެއެވެ.

މިކޯޕަރޭޝަނުން ކުރާ ޢުމްރާ ދަތުރުތަކުގައި ކުރާ މަދީނާ ދަތުރު މިފަހަރުވެސް ކުރެވިގެންދާނީ ހައި ސްޕީޑް ޓްރެއިންގައެވެ. އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު 24 ގަޑިއިރު ކްލިކްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ނޮވެންބަރު ޢުމްރާ ދަތުރަށް ކަނޑައަޅާފައިވާ އަގަކީ ބޮލަކަށް -/29,965 ރުފިޔާއެވެ. 2 އަހަރުން ދަށުގެ ކުދިންނަށް %50 ޑިސްކައުންޓް އަދި 13 އަހަރުން ދަށުގެ ކުދިންނަށް %20 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. ޢުމްރާގެ ޙިދުމަތަށް ރެޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ޙައްޖު ކޯޕަރޭޝަން އޮފީހުގެ ކައުންޓަރަށް ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން އެކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް (ފަހެލި) މެދުވެރިކޮށް ނުވަތަ އީމެއިލް، ވައިބަރގެ ޒަރީއާއިންވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

Scroll to Top