ރަމަޟާންމަހުގެ ޢުމްރާގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުން

ފެންވަރު ރަނގަޅު ޚިދުމަތްތަކާއި އެކު ރަމަޟާންމަހުގެ ޢުމްރާގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ވަނީ ހުޅުވާލައިފައެވެ

ފެންވަރު ރަނގަޅު ޚިދުމަތްތަކާއިއެކު އަންނަ ރަމަޟާންމަހުގެ ޢުމްރާގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ވަނީ ހުޅުވާލައިފައެވެ.

މި ޢުމްރާ ޕެކޭޖްގައި ހިމެނޭ ޚިދުމަތްތަކުގައި ތެރޭގައި، ޢުމްރާ ވިސާ، ދަތުރުގެ ދެކޮޅު ޓިކެޓް، ފެންވަރު ރަނގަޅު ހޮޓަލްއެއްގައި ތިބުމުގެ އިންތިޒާމް، ޢުމްރާ ކިޓް (ފޮށި، އަތްދަބަސް، އިޙްރާމް، ޢުމްރާ ދުޢާ ކާރޑް، ޢުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީޒް ބޭގް)، އަދި ހޮޓަލުން ޙަރަމްއަށް ދިއުމަށް ބަގީގެ ޚިދުމަތާއި ލޯންޑްރީގެދުމަތް، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއި ހިމެނޭ ތަޖުރިބާ ހުރި މެޑިކަލް ޓީމެއް 24 ގަޑިއިރު ޚިދުމަތުގައި ،އަދީ ޢޭގެ އިތުރުން ދިވެހި ކައްކާ އިންގެ މީރު ރަހަތަކާއިއެކު ރަހަ މީރު ދިވެހި ކެއުންތައް، މާއްކާ އަދި މަދީނާއަށްކުރާ ޒިޔާރަތް ދަތުރު، ދީނީ ޢިލްވެރިން ދެއްވާ ދަރުސްތަކުގެ އިތުރުން ޢުމްރާއާ ގުޅޭ ތަމްރީނުތައް ދިނުމާއި ޢުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ޕެކޭޖުގެ ބޭރުން ބާޒާރު ދަތުރު، ޠާޢިފް ދަތުރު، އިތުރު ޢުމްރާ ވުމުގެ ފުރުޞަތު އަދި ޝަރުޢީ ކަތިލުންތަކުގެ ތެރޭގައި ހިމެނޭ ޢަޤީޤާ، ޞަދަޤާތް ފަދަ ކަތިލުންތައް ކަތިލުމުގެ ފުރުޞަތުވެސް މި ދަތުރުގައި ބައިވެރިންނަށް ލިބިގެންދާނެއެވެ.

ރަމަޟާންމަހުގެ ޢުމްރާގައި މިދަތުރަށް ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ މުޅި ރަމަޟާންމަހުގެ 48965.00 ރުފިޔާއެވެ.) އަދި ރަމަޟާންމަހުގެ ފަހު 15 ގައި އަގަކީ 45،965 ރުފިޔާއެވެ. އަދި ޢުމްރާގެ ޙިދުމަތަށް ރަޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ޙައްޖު ކޯޕަރޭޝަން އޮފީހުގެ ކައުންޓަރަށް ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން އޮންލައިން ޕޯރޓަލް (ފަހެލި) މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އަދި 9482292 މި ނަންބަރ އަށް ވައިބަރ މެސެޖެއް ކޮށްލައިގެން ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ޕެކޭޖާ ގުޅޭއިތުރު މަޢުލޫމާތު މިކޯޕަރޭޝަންގެ ނަންބަރު: 1435، 9482292، 7961012 އިން ލިބިވަޑައިގަންނަވާނެއެވެ.

Scroll to Top