އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް

ޗެއަރމަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންގެ މަޤާމަށް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ޢައްޔަން ކޮށްފައިވަނީ 9 މެއި 2024 ގައެވެ. އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމަކީ ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތުގައި 46 އަހަރުގެ ތަޖުރިބާހުރި އަދި  ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގައި 35 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ބޭފުޅެކެވެ.

ވަޒީފާގެ ދާއިރާއަށް ބަލާއިރު، މި ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންގެ މަޤާމު މީގެ ކުރިން ދެ ދައުރެއްގައި އަދާކޮށްފައިވާއިރު އައްޝައިޚް  މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ މި ކޯޕަރޭޝަންގެ ޙައްޖު އެންޑް ޢުމްރާ އޮޕަރޭޝަންސް މެނޭޖަރގެ މަޤާމުގައިވެސް މީގެ ކުރިން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރުގެ މަޤާމާއި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުވެސް އަދާކޮށްފައިވެއެވެ.

. މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ތަޢުލީމީ ދަތުރު ފެއްޓެވި އިރު، އަރަބި ބަހާއި ބަހުގެ ފަންނުތަކުން ފުރަތަމަ ޑިގްރީ އެ ޔުނިވާސިޓީން ވަނީ ޙާޞިލްކޮށްފައެވެ. ޝަރީއަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލް ކުރެއްވުމަށްފަހު މިހާރު ދަނީ ފިޤްހު އަދި އުޞޫލުލް ފިޤްހުގެ ރޮނގުން ޕީ.އެޗް.ޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

މުޙައްމަދު ޝަކީލް

މެނޭޖިންގ ޑިރެކްޓަރ

އަލްފާޟިލް މުޙައްމަދު ޝަކީލް ވަނީ ވިޔަފާރި ދާއިރާއިން އިނގިރޭސިވިލާތުގެ ކެމްބަރިޖް ކޮލެޖް އޮފް ބިޒްނަސްއިން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައެވެ.

މުޙައްމަދު ޝަކީލަކީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ދިގު މުއްދަތަކަށް އަދާ ކުރެއްވުމުގެ އިތުރަށް ދިވެހި ރާއްޖޭގެ އިޤްތިޞާދާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ.

އަލްފާޟިލް މުޙައްމަދު ޝަކީލް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ޢައްޔަނު ކުރެވުނީ 29 ނޮވެމްބަރ 2023 ވަނަ ދުވަހުއެވެ.

އަލްއުސްތާޛު އަޙްމަދު މުޢާޛު މަންޞޫރު

ޑިރެކްޓަރ

އަލްއުސްތާޛް އަޙްމަދު މުއާޛު މަންޞޫރު, މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ ނޮންއެގްޒެކެޓިވް މެމްބަރެއްގެ ގޮތުގައި އައްޔަނުކުރެވުނީ 26 ޑިސެމްބަރ 2023 ގައެވެ. އަލްއުސްތާޛް އަޙްމަދު މުއާޛު މަންޞޫރުވަނީ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ އަދި ބެޗެލަރ އޮފް އެޑިއުކޭޝަން އިން ޝަރީޢާ އިސްލާމިއްޔާ ޙާސިލްކުރައްވާފައެވެ. މީގެ އިތުރުން މި ބޭފުޅާއަކީ ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދައާއި، ދިވެހިރާއްޖޭގައި ދީނީ ނަޞޭޙަތްދިނުމުގެ ހުއްދަ އަދި އިމާމްވެ، ހުކުރު ކުރުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.

އަލްއުސްތާޛް އަޙްމަދު މުއާޛު މަންޞޫރަކީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް ޓީޗަރެއްގެ ވަޒީފާ އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. އަލްއުސްތާޛް އަޙުމަދު މުއާޛު މަންޞޫރު އަކީ ސަރުކާރާއި އަމިއްލަ ޙައްޖު އަދި ޢުމްރާ ގްރޫޕްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޔޫސުފް ޠަލާލް ޙުސައިން

ޑިރެކްޓަރ

އަލްފާޟިލް ޔޫސުފް ޠަލާލް ޙުސައިން ,މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުގެ ނޮންއެގްޒެކެޓިވް މެމްބަރެއްގެ ގޮތުގައި އައްޔަނުކުރެވުނީ 26 ޑިސެމްބަރ 2023 ގައެވެ. ޔޫސުފް ޠަލާލް ޙުސައިން އަކީ ޙައްޖާއި ޢުމްރާގެ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ސަރުކާރާއި އަމިއްލަ ޙައްޖު އަދި ޢުމްރާ ގްރޫޕްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޠަލާލަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޢަރަބި ބަހުގެ ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

Scroll to Top