ގިނަ ޚިދުމަތްތަކަކާއެކު ނޮވެންބަރު ޢުމްރާގައި ރެޖިސްޓްރީވުމަށް އާންމުކޮށް ހުޅުވާލައިފިއެވެ. 3 ޢުމްރާވުމުގެ ފުރުޞަތާއެކު ރެޖިސްޓްރޭޝަންއަށް ހުޅުވާލި މި ޢުމްރާ ދަތުރުން ބައިވެރިންނަށް ލިބިގެންދާނެ އިތުރު ޚިދުމަތްތަކުގެ ތެރޭގައި:
- · ދަތުރުގެ ދެކޮޅި ޓިކެޓް
- · ޢުމްރާ ވިސާ
- · ފެންވަރު ރަނގަޅު ޖާގަ ތަނަވަސް ހޮޓަލެއްގައި ތިބިމުގެ އިންތިޒާމް
- · ތަޖުރިބާކާރު ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު 24 ގަޑިއިރުގެ ކްލިނިކްގެ ޚިދުމަތް
- · ދިވެހި ޝެފުންނާއެކު ދިވެހިންނާ ގުޅޭ ރަހަތަކުގެ ކެއުންތައް
- · ޢުމްރާ ކިޓް ( ލަގެޖް ފޮށި، އަތްދަބަސް، އިޙްރާމް، ދުއާ ކާޑް، ޢުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)
- · މައްކާ އަދި މަދީނާ ޒިޔާރަތް ދަތުރު
- · ޝެއިހުންނާއެކު ދީނީ ސެޝަންތައް
- · ޢުމްރާ ޓްރެއިނިންގ
- · ޢުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- · މައްކާ އަދި މަދީނާ ޒިޔާރަތް ދަތުރު

މިކުންފުނިން ކުރިއަށްގެންދާ ޢުމްރާ ދަތުރުތައް އިންތިޒާމު ކުރެވިފައިވަނީ ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ ދުވަސްވަރަށް އިސްޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ޕެކޭޖުގެ ބޭރުން ބާޒާރު ދަތުރު، ޠާޢިފް ދަތުރު، އިތުރު ޢުމްރާ ވުމުގެ ފުރުޞަތު އަދި ޝަރުޢީ ކަތިލުންތަކުގެ ތެރޭގައި ހިމެނޭ ޢަޤީޤާ، ޢުޟްހިޔާ ކަތިލުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.
ނޮވެންބަރު ޢުމްރާ ދަތުރަށް ކަނޑައަޅާފައިވާ އަގަކީ ބޮލަކަށް 29,965/- ރުފިޔާއެވެ. 2 އަހަރުން ދަށުގެ ކުދިންނަށް %50 ޑިސްކައުންޓް އަދި 13 އަހަރުން ދަށުގެ ކުދިންނަށް %20 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.ޢުމްރާގެ ޙިދުމަތަށް ރެޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ޙައްޖު ކޯޕަރޭޝަން އޮފީހުގެ ކައުންޓަރަށް ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން އެކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް (ފަހެލި) މެދުވެރިކޮށް ނުވަތަ އީމެއިލް، ވައިބަރގެ ޒަރީއާއިންވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ޕެކޭޖާ ގުޅޭއިތުރު މަޢުލޫމާތު މިކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު: 1434، 7961012،9482292 އިން ލިބިވަޑައިގަންނަވާނެއެވެ.ތިޔަބޭފުޅުންގެ ރޫޙާނީ އަދި އަޅުކަމުގެ ކަންކަން އިތުރަށް ފުރިހަމަކޮށްލުމަށް ރަނގަޅު ފުރްޞަތެއް