ޑިސެންބަރު ބޮޑު ޗުއްޓީގައި ޢުމްރާއަށް ދިއުމުގެ ފުރުޞަތު ހުޅުވާލުން

މި އަހަރުގެ ޑިސެންބަރު ބޮޑު ޗުއްޓީ ބަންދުގައި ޢުމްރާ ކުރުމަށް ބޭނުންވާ ފަރާތްތަކުން، ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފި.

ސްކޫލް ބަންދާ ދިމާކޮށް އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމާއެކު ޢުމްރާކުރުމަށް ދިއުން މިހާރުވަނީ ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. އަހަރުގެ އެހެން ދުވަސްތަކާ ޚިލާފަށް ޑިސެންބަރު ބަންދުގައި ކުރާ ޢުމްރާ ދަތުރުތަކުގައި ތުއްތު ކުދިން ގޮވައިގެން ޢުމްރާވުމަށް ދިއުން އިތުރުވަމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

މިއަހަރުގެ ބޮޑު ޗުއްޓީ ޢުމްރާދަތުރުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަފާތު އެކިއެކި ކަންކަން ތަޖުރިބާކޮށްލުމުގެ ގޮތުން ތަފާތު މަންޒިލްތަކަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މިގޮތުން، ޠާއިފްގެ ހިތްގައިމު މާ ބަގީޗާތަކަށް ޒިޔާރާތްކޮށް އާއިލާއާއެކު ވަގުތު ހޭދަކޮށްލުމާއި، ކުޑަކުދިން ގަޔާވާނެ މަންޒިލެއް ކަމުގައިވާ ޠާއިފްގެ ދޫނި ޕާކަށް ގޮސް ދޫނިތަކަށް ކާންދީ ދޫނިތަކާއެކު ފޮޓޯ ނެގުމާއި ޒުލަށް ޒިޔާރަތްކޮށް ޖަނަވާރުތައް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މަދީނާ ޒިޔާރަތުގައި އާންމުކޮށް ޒިޔާރަތްކުރާ ތަންތަނުގެ އިތުރުން ބަދުރު ހަނގުރާމަ ހިނގި މައިދާނަށް ދުވާލުގެ ވަގުތުގައާއި ރޭގަނޑުގެ ހިތްގައިމު ދިއްލާލުމުން މައިދާން ދިއްލާލާފައިވާ ވަގުތުގައި އެ މައިދާނަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ހަމައެހެންމެ، ހިރާ ފަރުބަދައަށްގޮށް އެތަނުގައިވާ ހިތްގައިމު މައުޒަރު ބަލާލުމާއި ހިރާގެ ހާދިސާއާ ގުޅޭ މަޢުލޫމާތު ލިބުމުގެ އިތުރުން ފަރުބަދައަށް އަރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ލިބިގެންދާނެއެވެ.

ކުޅިވަރުގެ ތެރެއިން ދީނީ މަޢުލޫމާތު ދިނުމާއި ދަތުރުގައި ބައިވެރިވާ ކުދިން މުނިފޫހިފިލުވާލާ ކުދިންގެ މެދުގައި ގާތް ގުޅުމެއް އުފެއްދުމުގެ މަޤުޞަދުގައި ޢުމްރާތަކުގައި ބައިވެރިވާ ތުއްތުކުދިންނަށް ޙާއްޞަކޮށްގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަކީ މިކޯޕަރޭޝަނުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ބޮޑު ޗުއްޓީގައި މިކުރާ ދަތުރުގައިވެސް އިތުރުގިނަ ކުޅިވަރުތަކާއި ހަދިޔާތަކާއެކު މި ޙަވީރު ބޭއްވިގެންދާނެއެވެ.

މި ކޯޕަރޭޝަންގެ ޢުމްރާ ޕެކޭޖުތަކުގައި އާންމުކޮށް ހިމެނޭ ހުރިހާ ޚިދުމަތްތަކެއް އިތުރު ހެޔޮ ބަދަލުތަކާއެކު މިޢުމްރާގެ ބައިވެރީންނަށްވެސް ލިބިގެންދާނެއެވެ. މަދީނާ ދަތުރު މިފަހަރުވެސް ކުރެވިގެންދާނީ ހައި ސްޕީޑް ޓްރެއިންގައެވެ. އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު 24 ގަޑިއިރު ކްލިނިކްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ޑިސެންބަރު ޢުމްރާ ދަތުރަށް ކަނޑައަޅާފައިވާ އަގަކީ ބޮލަކަށް 30,965/- ރުފިޔާއެވެ. 2 އަހަރު ނުފުރޭ ތުއްތު ކުދިންނަށް %50 ޑިސްކައުންޓް އަދި 12 އަހަރުން ދަށުގެ ކުދިންނަށް %20 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. ޢުމްރާގެ ޙިދުމަތަށް ރެޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ޙައްޖު ކޯޕަރޭޝަން އޮފީހުގެ ކައުންޓަރަށް

ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން އެކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް (ފަހެލި) މެދުވެރިކޮށް ނުވަތަ އީމެއިލް، ވައިބަރގެ ޒަރީއާއިންވެސް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

Scroll to Top